"ބީއެމްއެލް މެދުވެރިވެގެން އެމްއެމްޕީއާރުސީ ހިޔާނަތް ހިންގިއިރު ޒިންމާވާން ޖެހޭ މީހާ މިއަދު ހުރީ އެމްޑީއަކަށް"

އަދަދު

7 ޖުލައި 2025 | ހޯމަ | 11:35

މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތް ހިންގީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިވެގެން ކަމަށާއި އޭރު އެކަމުގައި އިހުމާލުވި މީހަކު މަގާމުން ވަކިކުރުމުން މިއަދު ގެންގޮސް ލާފައި ހުރީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރަކަށް ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގެ އެޖެންޑާގައި އެސްއޯއީ ކޮމިޓީން ފޮނުވާފައިވާ އެމްއެމްޕީއާރުސީ އަދި އެމްއައިޓީޑީސީގެ ހާލާތު ދިރާސާކޮށް އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ގަޕޯ ވަނީ މި ސަރުކާރުން ހިޔާނާތް ބަލަން ވައުދުވި ނަމަވެސް އެކަން އެގޮތަށް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެމްއެމްޕީއާރުސީ މައްސަލާގައި ބޭންކް އޮފް މޯލްޑިވްސް މެދުވެރިވެގެން 1.2 ބިލިއަން ރުފިޔާ ޖަމާވެގެންދިޔައީ. އޭރު އެކަމާ ޒިންމާވާން ޖެހޭ މީހާ މަގާމުން ވަކިކުރީމާއި މިއަދު ގެންގޮސް އެ ހުރީ ބޭންކުގެ މެނޭޖަރަކަށް ލާފައި. ދެން މި ބޭފުޅުންގެ ވައްކަން ފެށޭނެ ހިސާބެއް ވިސްނަވާ. މިއަދު ބޭންކުގެ އެމްޑީއަކަށް ލާފައި އެ ހުރީ އެމްއެމްޕީއާރުސީ މައްސަލާގައި ބޭންކު ތެރެއިން ހުރިހާ ސަކަރާތެއް ޖެހި މީހާ،" ގަޕޯ ވިދާޅުވި އެވެ.

މައުޟޫޢުތަށް