މައުރޫފް ޖަމީލް އެޗްޑީސީ އިން ވަކިވެ، ރިޓަޔާ ކުރައްވަނީ
އަދަދު
7 ޖުލައި 2025 | ހޯމަ | 11:53
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރު މައުރޫފް ޖަމީލް، މަގާމުން ވަކިވެވަޑައިގެން ރިޓަޔާ ކުރައްވަން ނިންމައިފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަން ކުރީ ޑިސެމްބަރު 22، 2024، ގަ އެވެ. މަގާމު އަދާ ކުރައްވާތާ އަދި މި ފާއިތުވީ އެންމެ ހަތް މަސް ދުވަހެވެ.
މައުރޫފް ރިޓަޔާ ކުރައްވަން ނިންމެވިކަން އެޗްޑީސީގެ މުވައްޒަފުންނަށް މައުރޫފް ވަނީ އަންގައިފަ އެވެ. އުމުރުން 65 އަހަރުވުމުން އެޗްޑީސީގެ މުވައްޒަފުން ރިޓަޔާ ކުރުމުގެ އުސޫލެއް އޮންނަކަން އެނގިފައިވެ އެވެ.