ގައުމު މި ހާލަތަށް ވައްޓާލުމަށް ފަހު މިހާރު އުޅޭނީ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދަންމާލަން: މަޓޭ

އަދަދު

8 ޖުލައި 2025 | އަންގާރަ | 11:03

ސަރުކާރުން ގައުމު މި ހާލަތަށް ވައްޓާލުމަށް ފަހު މިހާރު މަސައްކަތް ކުރަމުން ދަނީ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދަންމާލުމަށް ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހާ ހަމަތައް ބަޔާންކޮށް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން މަޓޭ ވަނީ އަސާސީ އެތައް ކަމެއް ރައްޔިތުންނަށް ފުރިހަމަ ނުވެ މިފަދަ ބިލެއް ހުށަހެޅުމުން ފާޑުވިދާޅުވެފަ އެވެ.

"ކޮން ކަމެއްތޯ ކުރަން މި އުޅެނީ. އަޅުގަނޑުމެންގެ ގައުމުގެ ހާލަތު މި ހާލަތަށް ވައްޓާލާފައި، ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގުކޮށްލަން އަޅުގަނޑުމެން މި އުޅެނީ. މިއީ ކޮން ކަމެއްތޯ؟ ކޮން ކަހަލަ ރަސްގެފާނެއް އައިސްގެންތޯ؟ އަމިއްލަފުޅަށް ވެވަޑައިގެންނެވި ވައުދުތައް ވެސް ނުފުދި މުޅި ގައުމު އޮޔާ ގޮސްފައި މިއޮތީ،" މަޓޭ ވިދާޅުވި އެވެ.

މައުޟޫޢުތަށް