ކަސްޓަމްސް އިން 241 ކޮމިޓީއަށް ސައްހަ ނޫން މައުލޫމާތު ދީފައިވާކަން ހާމަވެއްޖެ
އަދަދު
8 ޖުލައި 2025 | އަންގާރަ | 4:26
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ސައްހަ ނޫން މައުލޫމާތު ދީފައިވާކަން ހާމަވެއްޖެ އެވެ.
މިދިޔަ އަހަރު 200 ކާޓަން ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލައާ ގުޅިގެން އެ ކޮމިޓީން ބަލަން ފެށި މައްސަލައިގެ ރިޕޯޓަށް މިއަދު ބަހުސް ވަނީ ފަށައިފަ އެވެ. އެ ރިޕޯޓާ ގޮތެއް ނުނިންމައި މިއަދުގެ ކޮމިޓީ ވަނީ ނިންމާލާފަ އެވެ.
އެ ރިޕޯޓު އެކުލަވާލުމުގައި ކޮމިޓީގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހާމަކުރެއްވި ގޮތުގައި ކަސްޓަމުން އެންމެ ފުރަތަމަ ހިއްސާކުރީ ސައްހަ ނޫން މައުލޫމާތުތަކެކެވެ.