މެންބަރު ސިނާނުގެ ގޮނޑި މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާއަށް ތާވަލުކޮށްފި

އަދަދު

8 ޖުލައި 2025 | އަންގާރަ | 10:43

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ނުދެއްކި މައްސަލައިގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އަންނަ ހަފުތާގެ އާދިއްތައަށް ތާވަލުކޮށްފި އެވެ.

މި މައްސަލައިގައި މިހާތަނަށް ބޭއްވި ހަމައެކަނި އަޑުއެހުމުގައި، މި ދައުވާ ހުށަހެޅި ގާލިބު ސަލީމުގެ ވަކީލާއި ސިނާނުގެ ވަކީލު ވެސް ވަނީ މައްސަލައާ ގުޅިގެން ވާހަކަ ދައްކާފަ އެވެ.

އެންމެ ފަހުގެ އަޑުއެހުން ނިންމަވާލައްވަމުން މި މައްސަލަ ބައްލަވަމުން ގެންދަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝަތު ޝުޖޫން ވިދާޅުވީ އިތުރު އަޑުއެހުމެއް ބާއްވަނީ ލޯނަށް އަނބުރާ ފައިސާ ދެއްކި ގޮތުގެ މައުލޫމާތު އަންގައިދޭ މާލީ ބަޔާންތަކާ ގުޅޭ ގޮތުން ކަމެއް ސާފުކުރަން އޮވެއްޖެ ނަމަ ކަމަށެވެ. އެހެން ނޫން ނަމަ ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލިސް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

މައުޟޫޢުތަށް