މަލްޝާ އާއި ޝިއުނާއަށް ސޯޝަލް މީޑިއާގައި ފާޑުކިޔުމުން ޕީއެސްއެމްގެ މުވައްޒަފަކު ވަޒީފާއިން ކަނޑާލައިފި

އަދަދު

10 ޖުލައި 2025 | ބުރާސްފަތި | 3:03

މި ސަރުކާރުގެ ކުރީކޮޅު އިންޑިއާއަށް ފުރައްސާރަ ކުރި މައްސަލައިގައި އަށް މަސްދުވަހު ސަސްޕެންޝަނުގައި ތިބެ މުސާރަ ނެގުމަށްފަހު އިސްތިއުފާ ދިން މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފުއަށް ސޯޝަލްމީޑިއާގައި ފާޑުކީ މުވައްޒަފަކު ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ވަޒީފާއިން ކަނޑާލައިފި އެވެ.

ޕީއެސްއެމްގެ ވަޒީފާއިން ވަކިކުރީ އެ މީޑިއާގައި ފޮޓޯގްރާފަރެއްގެ ވަޒީފާގައި އަދާ ކުރަމުންދިޔަ ރާއިފް ޔޫސުފް އެވެ. ވަޒީފާއިން ވަކިކުރިކަން އަންގައި ރާއިފްއަށް މިއަދު ދިން ލިޔުމުގައި ބުނެފައި ވަނީ އޭނާ ވަޒީފާއިން ވަކިކުރީ ޕްރޮބޭޝަން ފުރިހަމަ ނުވާތީ ކަމަށެވެ.

އެކަމަކު މި ނޫހާ ވާހަކަ ދައްކަމުން ރާއިފް ބުނީ އޭނާ ވަޒީފާއިން ކަނޑައިލީ ސޯޝަލް މީޑިއާގައި މަލްޝާ އާއި ޝިއުނާއަށް ފާޑުކިޔުމުން ކަމަށެވެ. ނަމަވެސް ވަޒީފާއިން ކަނޑާލަން ދިން ލިޔުމުގައި ބުނެފައި ވަނީ އޭނާ ވަޒީފާއިން ކަނޑާލީ އޮފީހަށް ހާޒިރުނުވާތީ ކަމަށް ޕީއެސްއެމް އިން އަންގާފައިވާ ކަމަށް ރާއިފް ބުންޏެވެ.

މައުޟޫޢުތަށް