އަންނަ ހަފުތާގައި ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ
އަދަދު
10 ޖުލައި 2025 | ބުރާސްފަތި | 10:59
އަންނަ ހަފުތާ ތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ އިސް ވަފުދެއް ރަސްމީ ދަތުރެއްގައި އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާނީ ޖުލައި 16، އިން ޖުލައި 19، އަށެވެ. އަރިހުގައި ގިނަ ވަޒީރުންނާއި ސަރުކާރުގެ އެކި ކުންފުނިތަކުގެ ވެރިން އަދި އިސް އޮފިޝަލުން ވަޑައިގަންނަވާނެ އެވެ.
މި ދަތުރާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އާއި ސުވާލުކުރުމުން ވިދާޅުވީ، ރައީސް ދަތުރެއް ކުރައްވާނަމަ ކަނޑައެޅިފައި އޮންނަ ގޮތުގެ މަތިން އެކަމުގެ ތަފުސީލު ހާމަކުރާނެ ކަމަށެވެ. އިނގިރޭސިވިލާތަށް ރައީސް ވަޑައިނުގަންނަވާނެ ކަމަކަށް ވިދާޅެއް ނުވެ އެވެ.