ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންތައް ހެދުމަށް ގަބުރުސްތާނު އުވައިލުން ހުއްދައެއް ނޫން: ފަތުވާ މަޖިލިސް

އަދަދު

10 ޖުލައި 2025 | ބުރާސްފަތި | 11:20

ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންތައް ހެދުމަށް ގަބުރުސްތާނުތައް ނެގުން ހުއްދަ ނުވާނެ ކަމަށް ދިވެހިރާއްޖޭގެ ފަަތުވާ މަޖިލީހުން ކަނޑައަޅައިފި އެވެ.

އެ މަޖިލީހުން މިއަދު ނެރުނު ފަތުވާއެއްގައި ބުނީ އިންސާނުންނަކީ މާތް الله މަތިވެރި ކުރެއްވި ބައެއް ކަމަށާއި އިންސާނާ މަރުވެ ދިޔުމުން ވެސް އެ މަތިވެރިކަން ގެއްލިގެން ނުދާ ކަމަށެވެ. އަދި އިންސާނާ މަރުވުމުން ވެސް ގަބުރަށް އިހުތިރާމު ކުރުމަށް ދީނުގައި އަންގަވާފައިވާ ކަމަށް އެ ފަތުވާގައި ބުންޏެވެ.

އެ ކަންކަމަށް ބާރުދޭ ދަލީލުތައް ބަޔާން ކުރުމަށްފަހު ފަތުވާގައި ބުނެފައި ވަނީ ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގައި އެހެން ތަނަކަށް ބަދަލު ކުރުމުން ވަޅުލެވިފައިވާ މީހުންގެ ހުރުމަތް ކެނޑޭ ކަމަށެވެ. އެހެންކަމުން ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންތައް ހެދުމަށް ގަބުރަށް އުނދަގޫ ކުރުމާއި ގަބުރުގެ ހުރުމަތް ކެނޑުން ހުއްދަ ނުވާނެ ކަމަށް އެ ފަތުވާގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް