ނަސްލުހޭދު ކުރުމަށް ވާގިވެރިވާ ކުންފުނިތައް ހާމަ ކުރުމުން އދ. މަންދޫބު އަލްބަނީސްއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
އަދަދު
10 ޖުލައި 2025 | ބުރާސްފަތި | 6:17
ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ނަސްލުހޭދު ކުރުމަށް ވާގިވެރިވާ ކުންފުނިތައް ހާމަ ކުރުމުން، އދ. ގެ ހާއްސަ ރެޕަޓުއާ ފްރާންސެސްކާ އަލްބަނީސްއަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި އެވެ.
އަލްބަނީސްގެ ހާއްސަ ރިޕޯޓަކުން ފަލީހަތްކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި އެމެރިކާގެ ގޫގަލް، އެމަޒަން އަދި މައިކްރޯސޮފްޓް ހިމެނެ އެވެ. އަލްބަނީސްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަން ހާމަ ކުރީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެވެ.
ރޫބިއޯ ބުނީ އަލްބަނީސް މަސައްކަަތް ކުރަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އެމެރިކާ އަދި އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމަށެވެ. އަދި ބުނެފައި ވަނީ އެމެރިކާއިން އަބަދުވެސް އިޒްރޭލާ އެކު ހުންނާނެ ކަމަށެވެ.