މާމެންދޫ އައިސް ޕްލާންޓު މައްސަލައިގައި ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ދައުވާކޮށްފި
އަދަދު
11 ޖުލައި 2025 | ހުކުރު | 9:58
ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސް ޕާލާންޓެއް ފެނަކައަށް ގަތުމުގައި އެ ކުންފުނީގެ އުސޫލުތަކާ ހިލާފަށް އަމަލުކޮށް ނާޖައިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލައިގައި ސައީދާއި، ފެނަކައިގެ ކުރީގެ އެކައުންޓަންޓު މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާ ކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވީ މިދިޔަ އޭޕްރީލް 23، ގަ އެވެ. ޕީޖީ އޮފީހުން ވަނީ ޖެހިގެން އައި މެއި މަސް ނުނިމެނީސް ސައިދާށް ދައުވާކޮށްފަ އެވެ.
މި މައްސަލައިގައި ސައިދާށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދައުވާގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.