ހުލާސާކޮށް އިއްޔެ: ވާވު އަތޮޅު ކެމްޕޭނު މެނޭޖަރަކަށް ފަޒުލް

އަދަދު

13 ޖުލައި 2025 | އާދިއްތަ | 6:38

އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ވާވު އަތޮޅު ޕީއެންސީ ކެމްޕޭން މެނޭޖަރަކަށް، ކޮރަޕްޝަންގެ އެތައް ތުހުމަތެއް އަމާޒުވެފައިވާ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު، ފަޒުލް ރަޝީދު ހަމަޖައްސައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވާވު އަތޮޅު ޕީއެންސީ ކެމްޕޭނުގެ މެނޭޖަރަކަށް ފަޒުލް ހަމަޖައްސާފައިވާކަން އެ ޕާޓީގެ އިސް ބައެއް ބޭފުޅުން އަދަދު އަށް ކަށަވަރު ކޮށްދެއްވި އެވެ. އޭނާ ވަނީ މީގެކުރިން ވ. ފެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވާވު އަތޮޅު ކެމްޕޭން މެނޭޖަރަކަށް ފަޒުލް ހަމަޖެއްސިއިރު، މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިިތަކެއް ވިއްކާލި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެ އެވެ.

މައުޟޫޢުތަށް