ފީނަން އުޅުނު އެމެރިކާ ފަތުރުވެރިޔަކު މަރުވި މައްސަލަ ބަލަނީ

އަދަދު

12 ޖުލައި 2025 | ހޮނިހިރު | 12:53

ފީނަން އެރި އުޅުނު އެމެރިކާ ފަތުރުވެރިޔަކު މިދިޔަ އާދީއްތަ ދުވަހު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އުމުރުން 47 އަހަރުގެ އެމެރިކާއަށް ނިސްބަތްވާ އެ ފަތުރުވެރިޔާ މަރުވީ އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ފުއްޓަރުފަރާތު ބޭރަށް ފީނަން އެރި އުޅެނިކޮށް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައި ނުވާތީ އޭނާ މަރުވި ހާދިސާ ހިނގައިދިޔައީ ކިހިނެއް ކަމެއް މިހާތަނަށް ސާފެއް ނުވެ އެވެ.

މައުޟޫޢުތަށް