ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުން ޓީބިލުތައް ގަނެ ލޯނު ދޫކުރަނީ އެ ފަންޑުގެ މަގުސަދާ ހިލާފަށް: އޮޑިޓު

އަދަދު

12 ޖުލައި 2025 | ހޮނިހިރު | 4:13

ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ދަަރަނި ދައްކަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރަން އުފެއްދި ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު (އެސްޑީއެފް) ގައި ހުރި ފައިސާ ދައުލަތުގެ ސެކިއުރިޓީތަކަށް އިންވެސްޓުކޮށް ސަރުކާރު ކުންފުނިތަކަށް ލޯނު ދޫކުރީ އެ ފަންޑުން ފައިސާ އިންވެސްޓުކުރުމުގެ މަގުސަދުތަކާ ހިލާފަށް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ "ރިވިއު އޮފް ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު 2017 ޓު 2023" އޮޑިޓުގައި ވާ ގޮތުގައި، 2023 ނިމުނުއިރު އެސްޑީއެފްގެ ޖުމްލަ ސައިޒު 7.4 ބިލިއަން ރުފިޔާއަށް އަރަ އެވެ. މި ފަންޑުގެ 65 ޕަސެންޓު ހުރީ ދިވެހި ރުފިޔާއިންނެވެ. ޑޮލަރުން ހުރީ 35 ޕަސެންޓެވެ.

އެސްޑީއެފްގެ ޖުމްލަ ސައިޒު އަހަރުންއަހަރަށް އިތުރުވަމުން އައި ނަމަވެސް، ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި ފަންޑަށް ފައިސާ ޖަމާކުރަން ފެށީއްސުރެން އިންވެސްޓުކުރުމުގެ ނަމުގައި އެ ފައިސާ އެކި ކަންކަމަށް އައި ބޭނުންކުރަމުންނެވެ. އޮޑިޓުގައި ބެލި މުއްދަތު ނިމުނުއިރު، ފަންޑުގައި ހުރި ފައިސާގެ 88 ޕަސެންޓު ހުރީ އިންވެސްޓުކޮށްފަ އެވެ.

މައުޟޫޢުތަށް