އާ ފަތުވާއާ ގުޅިގެން އަމަލު ކުރާނެ ގޮތެއްގެ ލަފައެއް ހޯދަން ކައުންސިލަށް ހުށަހަޅާނަން: އާޒިމް
އަދަދު
12 ޖުލައި 2025 | ހޮނިހިރު | 9:47
މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ކުރަމުން ގެންގޮސްފައި ވަނީ ފަތުވާ ކޮމިޓީން ކުރިން ދީފައިވާ ފަތުވާއާ އެއްގޮތަށް ކަމަށާއި އަލަށް ނެރުނު ފަތުވާއާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ދެން އަމަލު ކުރާނެ ގޮތެއްގެ ލަފައެއް ދިނުމަށް އެދި މި ހަފުތާގައި ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އަދަދު އަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ ކައުންސިލުގެ ލަފާގެ މަތިން ނޫން ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. މޭޔަރުގެ ދައުރަކީ ކައުންސިލުން ފާސްކުރާ ކަންކަން ތަންފީޒު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ފަތުވާ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ފަތުވާއާ ގުޅިގެން ކައުންސިލުން ދެން އަމަލު ކުރާނެ ގޮތަކާ ގުޅޭގޮތުން ލަފައެއް ދިނުމަށް މިއަންނަ ބުދަ ދުވަހު ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށްް އާޒިމް ވިދާޅުވި އެވެ.