ހައްޖަށް ދައްކާ ފައިސާއިން ހައްޖު ކޯޕަރޭޝަނުން ޒަކާތް ދައްކަންޖެހޭނެ: ފަތުވާ މަޖިލިސް

އަދަދު

13 ޖުލައި 2025 | އާދިއްތަ | 10:20

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ހައްޖު ކޯޕަރޭޝަނުން ޒަކާތް ދައްކަން ޖެހޭނެ ކަމަށް ފަތުވާ މަޖިލީހުން ބުނެފި އެވެ.

ފަތުވާ މަޖިލީހުން ބުނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުން އެ ފައިސާ ދައްކަން ޖެހޭ ގޮތަށް ނިންމީ ހައްޖު ކޯޕަރޭޝަނުން ދިން މައުލޫމާތުގެ އަލީގައި ކަމަށެވެ.

"މަޖިލީހުގެ މެންބަރުން އެ މައްސަލަ ދިރާސާކުރުމަށްފަހު ނިންމާފައި ވަނީ އާންމު ރައްޔިތުން ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމަށް،" ފަތުވާ މަޖިލީހުން ބުންޏެވެ.

މައުޟޫޢުތަށް