ހާބަރު ފުޑްކޯޓުން ގޭސް ފުޅިއެއް ވަގަށް ނެގި މީހަކު ފަނަރަ ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފި
އަދަދު
13 ޖުލައި 2025 | އާދިއްތަ | 10:22
އަމީނީ މަގު ފުޑް ކޯޓުން ގޭސްފުޅިއެއް ވަގަށް ނެގި މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އުމުރުން 45 އަހަރުގެ އެ މީހާ އިތުރު މީހަކާ ބައިވެރިވެގެން އަމީނީ މަގު ފުޑް ކޯޓުން ގޭސްފުޅިއެއް ހިފައިގެން ނުކުމެ، އެ ދެމީހުން އެކުގައި އަމީނީ މަގުން ދުވެފައި ދަނިކޮށް އެމީހުން ފެނުނީ އެމަގުން އެ ވަގުތު ދިޔަ ފުލުހުންނަށެވެ.
އެ ދެމީހުންގެ އަމަލުތައް ހުރި ގޮތުން ޝައްކުވެގެން ހުއްޓުވައި ސުވާލުކުރުމުން، އެ މީހުން ވަނީ އެއީ ފުޑް ކޯޓުން ވަގަށް ނެގި ގޭސްފުޅިއެއް ކަމަށް އެއްބަސްވެފަ އެވެ. އަދި އެ ގޭސްފުޅި ވަގަށް ނެގީ އެ ދެމީހުންގެ ތެރެއިން އަބްދުﷲ ސަފީރު ކިޔާ މީހާ ކަމަށް ވެސް މި ދެމީހުން އެ ވަގުތު ފުލުހުންނަށް ކިޔައިދީފައި ވެ އެވެ.