ހުޅުމާލެ ފޭސް 1 ގެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އަދަދު

13 ޖުލައި 2025 | އާދިއްތަ | 12:03

ހުޅުމާލެ ފޭސް 1 ގެ ނަންބަރު ފްލެޓްގެ ތިންވަނަ ފަންގިފިލާގައި ބިދޭސީން ދިރިއުޅޭ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. ނަމަވެސް އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

މައުޟޫޢުތަށް