ޔުމްނު މައްސަލަ ތަހުގީގު ކުރަން ހެދި ރިޔާސީ ކޮމިޝަން އުވާލައިފި
އަދަދު
13 ޖުލައި 2025 | އާދިއްތަ | 8:37
މާލޭގެ އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ މައްސަލަ ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަން މިއަދު ރަސްމީކޮށް އުވާލައިފި އެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން އުފެއްދި ކޮމިޝަނުން ވަނީ މައްސަލަ ތަހުގީގު ކުރުމަށްފަހު ޖޫން 17، ގައި ރިޕޯޓެއް ނެރެފަ އެވެ. ރިޕޯޓުގައި ބުނެފައި ވަނީ އެއްވެސް މީހަކު ޔުމްނު ވައްޓާލި ކަމަށް ނުބެލެވޭ ކަމަށެވެ.
އެކަމަކު، ޔުމްނުއާއެކު އުޅުނު އަހުމަދު ރައުދު، 21، ގެ އިހުމާލުތަކެއް އެ މައްސަލައިގައި އޮތް ކަމަށް ބެލެވޭ ކަމަށް ކޮމިޝަނުން ބުންޏެވެ. އެއީ ޔުމްނު ވެއްޓުނުކަން އެނގުމުން ވެސް އެހީތެރިވެނުދީ ދިޔުމުގެ އިހުމާލެވެ.