ހުލާސާކޮށް އިއްޔެ: ފޭކު ޕްރިންސްއާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަން މިނިސްޓަރު ހަލީލު މަޖިލީހަށް ވަޑައިނުގަތުން
އަދަދު
15 ޖުލައި 2025 | އަންގާރަ | 6:45
ސައުދީ އަރަބިއްޔާގެ އާންމު ރައްޔިތަކާ ބައްދަލު ކުރެއްވުމަށްފަހު، ރައީސް ބައްދަލުކުރެއްވީ ސައުދީ ޝާހީ އާއިލާގެ އަމީރަކާ ކަމަށް ރައީސް އޮފީހުން ބުނެފައިވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލު އާއި ސުވާލުކުރަން ތާވަލު ކުރި ނަމަވެސް "އުޒުރެއް" ދެއްކެވުމަށް ފަހު މަޖިލީހަށް ވަޑައިނުގަތެވެ.
މިނިސްޓަރު ހަލީލުއާ ސުވާލު ކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ.
ޖަލްސާ ފަށަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ވަޒީރު ކޮންމެހެން ހާޒިރުވާން ޖެހޭ ރަސްމީ އެހެން މަސައްކަތެއް ކުރަން ޖެހޭ ވަގުތާއި ޖަލްސާއަށް ހާޒިރުވާން ޖެހޭ ވަގުތާ ދިމާވާތީ، މަޖިލީހަށް ހާޒިރުވެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.