ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރިތައް ވެސް ތިބީ މާޔޫސްވެ، ހަދާނެ ގޮތް ހުސްވެފައި: މަޓޭ
އަދަދު
15 ޖުލައި 2025 | އަންގާރަ | 10:33
އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކުރުން މުހިންމު ނަމަވެސް މިއަދު ރާއްޖޭގެ އިގުތިސޯދު އޮތް ހާލަތުގެ ސަބަބުން ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރިތައް ވެސް ތިބީ މާޔޫސްވެ، ހަދާނެ ގޮތް ހުސްވެފައި ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނު" ގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މަޓޭ ވަނީ ވިޔަފާރިތައް ތިބީ ވަރަށް ހާލުގައި ކަމަށް ވިދާޅުވެފަ އެވެ.
"އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކުރުމަކީ މުހިންމު ކަމެއް. މި ނޫން އެހެން ގޮތެއް ރާއްޖޭގެ އިގުތިސޯދު ކުރިއަށްގެންދަން ހޯދަން އެބަޖެހޭ. ޓޫރިޒަމް ދާއިރާގެ ބޮޑެތި ވިޔަފާރިތައް އެ ތިބީ މާޔޫސްވެފައި. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އެ ތިބީ މާޔޫސްވެފައި، ހަދާނެ ގޮތް ހުސްވެފައި،" މަޓޭ ވިދާޅުވި އެވެ.