އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް މިނިވަން މުއައްސަސާއަކަށް ވާން ޖެހޭ: ފިއްޓޭ
އަދަދު
15 ޖުލައި 2025 | އަންގާރަ | 10:45
ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް ހުށަހަޅާފައިވާ ބިލުގެ ދަށުން އުފައްދާ އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް ވާން ޖެހޭނީ މިނިވަން މުއައްސަސާއަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނު" ގެ ނަމުގައި މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ފަށާފަ އެވެ. މި ބިލު ގާނުނަކަށް ވުމާއެކު މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި އެކަމަށް ހާއްސަ އޮފީހެއް ގާއިމުކުރާނެ އެވެ.
އެ އޮފީސް ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ. އެ މަގާމަށް މީހަކު އައްޔަނުކުރާނީ އިގުތިސޯދީ މިނިސްޓަރެވެ. އެ ކަމުގެ ކަންބޮޑުވުން ފިއްޓޭ މިއަދުގެ ޖަލްސާގައި ފާޅުކުރެއްވި އެވެ.