ފެކްޓު ޗެކް: ދުނިޔޭގެ އެންމެ ބޮޑު ހިރިގަލު މަހާނަ ހުންނަނީ ތަކަންދޫއަކު ނޫން

އަދަދު

15 ޖުލައި 2025 | އަންގާރަ | 12:03

ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތުގެ ތެރެއިން ހއ. ތަކަންދޫގައިވާ "ދުނިޔޭގެ އެންމެ ބޮޑު ހިރިގަލު މަހާނަ ގާ" ހިމެނޭ ސަހަރާ ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން ވަމުންދާ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ޝުޖާއު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ޝުޖާއު އެހެން ވިދާޅުވީ ގައުމިއްޔަތު ދިރުވައި އާލާ ކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގާޒީ ރަދުންގެ އާސާރުތައް އާސާރުތައް ދިރުވުމާއި ތަރިކައިން އާމްދަނީ ހޯދުމުގެ އަމަލީ މަސައްކަތްތައް ފެށުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ބުނެ ގައުމިއްޔަތު މިނިސްޓްރީން ކުރި ޕޯސްޓެއް ރީޕޯސްޓު ކުރައްވަ އެވެ.

ޝުޖާއު އެހެން ވިދާޅުވެ ޕޯސްޓު ކުރެއްވުމުން ސަރުކާރަށް ތާއީދުކުރާ ބައެއް ނޫސްތަކުން ވެސް ވަނީ ދުނިޔޭގެ އެންމެ ބޮޑު މަހާނަގާ ހުންނަނީ ހއ. ތަކަންދޫގައި ކަމަށް ބުނެ އެ ހަބަރު ޝާއިއު ކޮށްފަ އެވެ.

މައުޟޫޢުތަށް