ޑޮލަރުގެ އަގު 20ރ. އަށް އެރިއިރު ވެސް އެމްއެމްއޭގެ ގަވަރުނަރު ފިލައިގެން އުޅޭތީ މެންބަރުންގެ ނުރުހުން
އަދަދު
15 ޖުލައި 2025 | އަންގާރަ | 11:02
ޑޮލަރު ތާށިކަން އިންތިހާއަށް ބޮޑުވެ، އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރެއް ގަންނަން ލިބޭ އަގު 20ރ. އަށް އަރާފައިވާއިރު ވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ފިއްލަވައިގެން އުޅޭތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
މިއަދު މަޖިލީހުގައި ކުރިއަށްދަނީ "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނު" ގެ ބިލުގެ ބަހުސް އެވެ. އެ ބަހުސްގެ ތެރެއިން ބައެއް މެންބަރުން ވަނީ ރާއްޖޭގެ މި ވަގުތު އޮތް އިގުތިސޯދީ ހާލަަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ޑޮލަރުގެ އަގު އަޅުގަނޑުމެން ހީނުކުރާ ހިސާބަށް މައްޗަށް އަރައިފި. ހުވަފެނަކުން ނުދެކޭ މިންވަރަށް މައްޗަށް އަރައިފި. އަދިވެސް ދަނީ މައްޗަށް،" ކެންދޫ ދާއިރާގެ މެންބަރު މައުރޫޒް ޒާކިރު (މަޓޭ) ވިދާޅުވި އެވެ.