ސޮވެރިން ޑިވެލޮޕްމަންޓު ފަންޑު ބިލު މަޖިލީހުގައިި އޮންނަތާ އަހަރެއް، މަސައްކަތް ހުއްޓިފައި
އަދަދު
15 ޖުލައި 2025 | އަންގާރަ | 2:23
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގެ މަގުސަދު ހާސިލުކުރަން އެ ފަންޑު ބަލަހައްޓަން ގާނޫނީ އޮނިގަނޑެއް ކޮންމެހެން ވެސް ބޭނުން ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ލަފާދިންއިރު، ރައްޔިތުންގެ މަޖިލީހުން ބަލައިގެންފައިވާ އެސްޑީއެފް ބިލުގެ މަސައްކަތް ހުއްޓިފައި އޮންނަތާ އެތަކެއް ދުވަހެއް ވެފައިވާ ކަމަށް މަޖިލީހުގެ ރެކޯޑުތަކުން ދައްކައިފި އެވެ.
ދައުލަތުގެ ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ދަރަނި ދައްކަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރަން ގާއިމުކޮށްފައިވާ އެސްޑީއެފް އުފައްދާފައި ވަނީ މާލިއްޔަތު ގާނޫނުގައި އޮންނަ މާއްދާއެއްގެ ދަށުންނެވެ. އެކަމަކު މިއީ މި ވަރުގެ މުހިންމު ބޭނުމެއްގައި އުފައްދާފައި ހުރި ފަންޑަކަށް ފުދޭ ވަރެއް ނޫން ކަމަށް ބުނެ، އެ ފަންޑަށް ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލަން ޖެހޭ ކަމަށް އޮޑިޓަރުން ވަނީ ބުނެފަ އެވެ.
އެސްޑީއެފްއަށް ހާއްސަ ގާނޫނެއް ވުޖޫދުކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިދިޔަ އަހަރުގެ ޖޫން 10، ގައި އެވެ. އެސްޑީއެފް ބިލު މަޖިލީހަށް ބަލައިގަތީ ޖޫން 25، ގައި އެވެ.