ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިއަދު ހުރީ 20.05ރ. ގައި، ސަރުކާރު ހަނު
އަދަދު
15 ޖުލައި 2025 | އަންގާރަ | 2:40
ޓޫރިޒަމްގެ އޮފް ސީޒަނަށް ވުމުން ޑޮލަރު ލިބޭލެއް މަދުވުމުންނާއި ޑޮލަރު މާރުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރު ތަދުވެ، ކަޅު ބާޒާރުގައި އުފުލެމުންދާ ޑޮލަރުގެ އަގު 20.05ރ. އަށް އަރައިފި އެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރާ ބައެއް ފަރާތްތަކުން މިއަދު މައުލޫމާތު ދިން ގޮތުގައި މިހާރު ޑޮލަރެއް ވިއްކަމުން ދަނީ 20.05ރ. އަށެވެ. މީގެ ފަސް ދުވަސް ކުރިން ޑޮލަރެއްގެ އަގު ހުރީ 20ރ. ގަ އެވެ.
ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ރޭޓުތައް ފެންނަ "ކަރަންސީ އެކްސްޗޭންޖު އެމްވީ" ގްރޫޕުގައި މިއަދު ހުރި ރޭޓުތަކަށް ބަލާއިރު ވެސް، އެންމެ ކުޑަ ރޭޓެއްގައި ޑޮލަރެއް ގަންނަަން ލިބެނީ 19.90ރ. އަށެވެ. ޑޮލަރު ވިއްކަން ޖަހާފައި ހުރި ގިނަ މީހުން ޖަހާފައި ހުރީ 20.05ރ. އަށެވެ.