އެއާޕޯޓް ހުޅުވަން ޑްރޯން ޝޯ ބާއްވަނީ ފަސް ރަށުގައި ފެނާއި ނަރުދަމާ އެޅޭ އަގަށް: ގަޕޯ
އަދަދު
15 ޖުލައި 2025 | އަންގާރަ | 1:27
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލް ހުޅުވުމަށް ޖުލައި 26، ގައި ބާއްވާ ރަސްމިއްޔާތުގައި ޑްރޯން ޝޯއެއް ސަރުކާރުން ބާއްވަނީ ފަސް ރަށުގެ ފެނާއި ނަރުދަމާ އެޅޭ އަގަށް ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ޓްރޭޑްމާކް ބިލަށް ބަހުސް ކުރައްވަމުން ގަޕޯ ވިދާޅުވީ ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމަށް އެއް ގަޑިއިރުގެ ޑްރޯން ޝޯއެއް ސަރުކާރުން ބާއްވަނީ 6.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކަމަށްވާއިރު އެއީ ފަސް ރަށުގެ ފެނާއި ނަރުދަމާ އެޅޭނެ ފައިސާ ކަމަށެވެ.
"އެހެންވީމާ ބިލުގެ މައުލޫއަކީ، 6.5 ޑޮލަރު ހަރަދު ކުރީމައި 130 މިލިއަން ރުފިޔާ އޭ އެއީ. އެއީ ފަސް ރަށުގައި ފެނާއި ނަރުދަމާ އަޅާނެ ލާރިއޭ،" އޭނާ ވިދާޅުވި އެވެ.