ހުލާސާކޮށް އިއްޔެ: ޖޭއެސްސީ އަށް މުއިއްޒުގެ ޕާސަނަލް އެސިސްޓެންޓު
އަދަދު
16 ޖުލައި 2025 | ބުދަ | 6:24
ޖުޑީޝަލް ސާވިސް ކޮމިޝަންއަށް އާންމުންގެ ތެރެއިން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އިދުރީސް ފައުޒީ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، އެމަނިކުފާނުގެ ޕާސަނަލް އެސިސްޓަންޓްކަން އެނގިއްޖެ އެވެ.
އެ މައުލޫމާތު އެނގޭ ބައެއް މީހުން އަދަދު ނޫހަށް ބުނީ، ފައުޒީ ހައުސިން މިނިސްޓްރީގައި ގިނަ އަހަރުތަކެއް ވަންދެން މުއިއްޒުގެ ޕާސަނަލް އެސިސްޓެންޓަކަށް އުޅުނު ކަމަށެވެ. އަދި ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނަމުގައި ހިންގާ ގެސްޓު ހައުސް، ދިމްޔާތު ސްޓޭ ހިންގަން ވެސް އޭނާ އިސްކޮށް އުޅުނު ކަމަށް ބައެއް މީހުން ބުންޏެވެ.
އިދުރީސް އަކީ ރައީސް މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު، އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ ކުރީގެ ފިރިމީހާ އެވެ. އިދުރީސް އާއި ސައުދާގެ ދަރިން ވެސް އެބަ ތިއްބެވެ.