އުވައިލި ސްޕޯޓްސް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ސްޕޯޓްސް މިނިސްޓްރީން ހުށަހެޅީ ކުޑަ މުސާރައެއް
އަދަދު
19 ޖުލައި 2025 | ހޮނިހިރު | 10:16
ކުޅިވަރާ ބެހޭ ގާނޫނު ވުޖޫދުވުމުން އުވުނު ސްޕޯޓްސް ކޯޕަރޭޝަންގެ މުވައްޒަފުންނަށް "ރަނގަޅު ގޮތްތަކެއް" ހަދައިދޭނެ ކަމަށް ބުނެ އެ މުވައްޒަފުންނަށް ސްޕޯޓްސް މިނިސްޓްރީން ކުޑަ މުސާރައެއް ހުށަހަޅައިފި އެވެ.
ސްޕޯޓްސް ކޯޕަރޭޝަންގެ ބައެއް މުވައްޒަފުން އަދަދު އާ ވާހަކަ ދައްކަމުން ބުނީ އެ ކޯޕަރޭޝަން އުވާލާފައިވާތީ، އެތަނުގައި ތިބި މުވައްޒަފުންނަށް ޔޫތު މިނިސްޓްރީ އިން ހުށަހެޅީ މިހާރު ސްޕޯޓްސް ކޯޕަރޭޝަނުން ދޭ މުސާރައަށްވުރެ ދެބައިކުޅަ އެއްބައި ކުޑަ މުސާރައެއް ކަމަށެވެ.
އެ ކޯޕަރޭޝަނުގެ މުވައްޒަފަކު ބުނީ ސްޕޯޓްސް ކޯޕަރޭޝަނުގެ ހުރިހާ މުވައްޒަފުންހެން ލިބޭ އުޖޫރައަށް ބަރޯސާވެގެން ލޯނުތައް ނަގައިގެން ތިބިއިރު، ކުއްލިއަކަށް ކުޑަ މުސާރައަކަށް މިނިސްޓްރީއަށް ބަދަލުވާން ޖެހުމަކީ އެ މުވައްޒަފުންނަށް ވެސް ލިބޭނެ ބޮޑު ގެއްލުމަކަށް ވާނެ ކަމަށެވެ.