ބޮޑު އޮޅުވާލުމެއް: ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރީ ގުނާނެ ކަމަށް ބުނި ރައީސް އޮފީހުގެ މުވައްޒަފުން ނުހިމަނައި

އަދަދު

16 ޖުލައި 2025 | ބުދަ | 1:09

ވެރިކަމަށް 600 އަށްވުރެ ގިނަ ދުވަސް ފަހުން މިވަގުތު ސަރުކާރުގައި ތިބި ސިޔާސީންގެ އަދަދު ކަމަށް ސަރުކާރުން ބުނި އަދަދަކީ އެ އަދަދުގެ ތެރޭ ގުނާނެ ކަމަށް ބުނި ރައީސް އޮފީހުގެ މުވައްޒަފުން ނުހިމަނާކަން އެނގިއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރާނެ ކަމަށް އިންތިގާލީ މަރުހަލާގައި ވެވަޑައިގެންނެވި ވައުދާ ހިލާފުވެ، ސަރުކާރުން ރޭ ދަންވަރު ބުނީ މިވަގުތު ސަރުކާރުގައި ތިބީ 922 ސިޔާސީން ކަމަށެވެ.

ސިޔާސީންގެ އަދަދު ހިފަހައްޓާނެ ކަމަށް އިންތިގާލީ މަރުހަލާގައި ރައީސްގެ އޭރުގެ އޮފީހުން ބުނީ ރައީސް އޮފީހާއި މުލިއާގެ އަދި ހިލާލީގޭގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭހެނެވެ. އެކަން އިއުލާނުކުރެއްވީ އޭރު އެ އޮފީހުގެ ތަރުޖަމާނު އަދި މިހާރު ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޕްރެޒިޑެންޝަލް އެފެއާޒް މުހައްމަދު ފިރުޒުލް އެވެ.

މައުޟޫޢުތަށް