ރައީސްއަށް އިނގިރޭސިވިލާތުން އިސްތިގުބާލުކުރީ ކޮން ހައިސިއްޔަތެއްގެ ކޮން ބޭފުޅުންނެއް؟
އަދަދު
16 ޖުލައި 2025 | ބުދަ | 9:38
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މިއަދު އެވެ.
އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުން،، އިސްތިގުބާލުގައި ވަޑައިގެންނެވި ބޭފުޅުންގެ ފޮޓޯއާއެކު ރައީސް އޮފީހުން ޕޯސްޓު ކުރެއްވި އެވެ. ނަމަވެސް ރައީސް މުއިއްޒުއަށް އެ ގައުމުން އިސްތިގުބާލުކުރެއްވީ ރަސްމީ ހައިސިއްޔަތު އޮތް އެންމެ ދެ ބޭފުޅުންނެވެ. އެއީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ނިކޮލަސް ޑޭވިޑް ލޯ އާއި ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އާދަމް އެވެ.
އިނގިރޭސިވިލާތުގެ ރަސްމީ ޕްރޮޓޮކޯލް އޮންނަ ގޮތުން އެހެން ގައުމެއްގެ ވެރިއަކު އެ ގައުމަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާ ނަމަ، އިސްތިގުބާލު ކުރުމުގެ ކަންކަން ހަމަޖައްސަނީ އެ ގައުމުގެ ފޮރިން ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އޮފީހާއި ރޯޔަލް ހައުސްހޯލްޑުތަކުން ކަނޑައަޅާ އުސޫލުތަކެއްގެ ދަށުންނެވެ.