ސެޓްލްމަންޓު އެއްބަސްވުންތަކަށް އަމަލުނުކުރުން ޖުޑީޝަލް ރިވިއުގެ ގޮތުގައި ނުބެލޭނެ: ސިވިލް ކޯޓު

އަދަދު

17 ޖުލައި 2025 | ބުރާސްފަތި | 11:10

ދައުލަތާ އެކީ ވެފައިވާ އެއްބަސްވުންތައް ބާތިލުކުރުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ކުރީ ސަރުކާރުން ސޮއިކުރި ސެޓްލްމަންޓު އެއްބަސްވުންތަކާ ގުޅިގެން ހުށަހެޅި ދައުވާއެއް، ޖުޑީޝަލް ރިވިއުގެ ދައުވާއަކަށް ނުވާ ކަމަށް ބުނެ އެ މައްސަލަ އެ ގޮތަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން މި ގޮތަށް ހުކުމްކުރީ އއ. މަޑޫގަލީގައި ރިސޯޓެއް ތަރައްގީކުރުމަށް، ޓޫރިޒަމް މިނިސްޓްރީ އާއި ބްލޫ ލެގޫން އިންވެސްޓްމަންޓާ ދެމެދު ވެވުނު އެއްބަސްވުން ބާތިލުކުރި މައްސަލައިގައި ސޮއިކުރި ސެޓްލްމަންޓް އެގްރީމަންޓު ބާތިލުކުރަން ނިންމި މައްސަލައިގައި ހުށަހެޅި ދައުވާއަކާ ގުޅިގެންނެވެ.

ކޯޓަށް މި މައްސަލަ ހުށަހެޅީ ބްލޫ ލެގޫން އިންވެސްޓްމަންޓަށް މަޑޫގަލި ސެޓްލްމަންޓު އެއްބަސްވުމުގެ ދަށުން ލިބޭ ހުރިހާ ހައްގެއް ބަދަލުކޮށްފައި އޮތް ނޫވިލު ރިޒޯޓްސް ނަމަކަަށް ކިޔާ ކުންފުންޏަކުންނެވެ. ނޫވިލު ރިޒޯޓްސްއަކީ ބްލޫ ލެގޫން އިންވެސްޓުމަންޓުގެ އެއް ހިއްސާދާރު، ހުސެއިން ޝަރީފާއި އޭނާގެ އާއިލާއިން ހިއްސާވާ ކުންފުންޏެކެވެ.

މައުޟޫޢުތަށް