އަބްދުއްރަހްމާން ސިހުރު ހަދާ ކަމަށް ބުނާ ވާހަކައަކީ ދޮގެއް: އާއިލާ

އަދަދު

17 ޖުލައި 2025 | ބުރާސްފަތި | 1:44

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހްމާން އާދަމް، 65، އަކީ ސިހުރު ހަދާ މީހެއް ކަމަށް ބުނެ ކުރާ ތުހުމަތަކީ ދޮގެއް ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

އަބްދުއްރަހްމާން މަރާލިއިރު، ދުނިޔޭގައި ތިބި އޭނާގެ ތިން ކުދިންގެ ތެރެއިން މެދަށް ހުންނަ، އަހުމަދު ނިމާލް، 29، އަދަދު އާ ވާހަކަ ދައްކަމުން ބުނީ އޭނާގެ ބައްޕަ ސިހުރު ހަދާ ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"އެއީ ހަމަ ހުސް ދޮގު، ރަށުގައި އޮންނަ ބޯދާކަމެއް އެއީ ފާލު ބެލުން، އެކަހަލަ ކަމެއްގެ ތެރެއިން އައި ތުހުމަތެއް، އެކަމަކު އެއްވެސް މީހަކަށް ބުނެ ނުދެވޭ ބައްޕަ ކުރީ މިވެނި ކަމެކޭ މިވެނި ތަނަކަށޭ ދިޔައީ މިވެނި ވަގުތަކު،" ނިމާލް ބުންޏެވެ.

މައުޟޫޢުތަށް