ވިނަރެސް ޓަވަރުން ވެއްޓުނު ޒުވާނާ މަރުވެއްޖެ
އަދަދު
17 ޖުލައި 2025 | ބުރާސްފަތި | 4:39
ހުޅުމާލޭގައި އަޅާފައިވާ ވިނަރެސް ފްލެޓުތަކުގެ ޓަވަރަކުން ވެއްޓުނު މީހަކު މަރުވެއްޖެ އެވެ.
މީޑިއާތަކަށް 16:41 ގައި ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ 18 އަހަރުގެ އެ ޒުވާނާ ވެއްޓުނީ ވިނަރެސް 8 އިން ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް އޭރު ފުލުހުން ބުންޏެވެ.
އޭގެ ގަޑިއެއްހާއިރު ފަހުން 17:42 ގައި ފުލުހުން ބުނި ގޮތުގައި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ވަނީ މަރުވެފަ އެވެ.