މުއްތަލިބު ދެއްކީ ދޮގު ވާހަކަތަކެއް، އެޑްވާންސް ފައިސާ ވެސް ފުރިހަމައަށް ދީފައި ނުވޭ: ސީއެމްސީ
އަދަދު
17 ޖުލައި 2025 | ބުރާސްފަތި | 7:31
ހުޅުމާލޭ ފޭސް ތިނަކާއި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދަނީ އެ މަސައްކަތް ހަވާލުކުރި ސަރުކާރުގެ ދެ ކުންފުނިން ސަބް ކޮންޓްރެކްޓް ކުރި ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން (ސީއެމްސީ) އިން އެ މަސައްކަތް ކުރަމުން ނުދާތީ ކަމަށް ވިދާޅުވެ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ހެދީ ދޮގު ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި ހަފްތާގެ ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ ފޯރަމް"ގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުއްތަލިބު ވަނީ ސީއެމްސީއަށް ތުހުމަތުތަކެއް އަމާޒު ކުރައްވާފަ އެވެ. އެގޮތުން، ކޮންޓްރެކްޓުގެ އެޑްވާންސަށްވާ ފައިސާ ދޫކުރި ނަމަވެސް ސީއެމްސީއިން މަސައްކަތް ނުކޮށް އިތުރަށް ފައިސާ ޑިމާންޑް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މިއަދު ނެރުނު ދިގު ބަޔާނެއްގައި ސީއެމްސީއިން ވަނީ ރާއްޖޭގެ ބޮޑެތި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތައް ބަލަހައްޓަވަމުން ގެންދަވާ މިނިސްޓަރަށް ރައްދު ދީފަ އެވެ.