ހުލާސާކޮށް އިއްޔެ: ތާރީހުގައި ފުރަތަމަ ފަހަރަށް ޑޮލަރެއް 20.20ރ. އަށް އެރުން
އަދަދު
18 ޖުލައި 2025 | ހުކުރު | 6:10
ދިވެހި ތާރީހުގައި ދުވަހަކު ވެސް ޑޮލަރުގެ އަގު މައްޗަށް ނުދާ މިންވަރަކަށް އުފުލި، މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20.20ރ އަށް އަރައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މީގެ ކުރިން ޑޮލަރުގެ އަގު އެންމެ ބޮޑަށް އުފުލުނީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑުގެ ހާލަތުގަ އެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އެ ދުވަސްވަރު ވެސް ޑޮލަރުގެ އަގު 20ރ. ނާރަ އެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނީ ވިޔަފާރިތަކަށް ބޭނުންވާ ގިނަ އަދަދުގެ ޑޮލަރު މިހާރު ލިބެނީ ޑޮލަރެއް 20.20ރ. ރޭޓުން ކަމަށެވެ.