ޑޮލަރުގެ އަގު އުފުލި އާންމުންގެ ފުދުންތެރިކަން އިންތިހާއަށް ދަށްވެއްޖެ: އާޒިމް
އަދަދު
18 ޖުލައި 2025 | ހުކުރު | 11:03
ދިވެހި ތާރީހުގައި ދުވަހަކު ވެސް ޑޮލަރުގެ އަގު މައްޗަށް ނުދާ މިންވަރަކަށް އުފުލިފައިވާއިރު އާންމު ފަރުދުންގެ ފުދުންތެރިކަން އިންތިހާއަށް ދަށްވެފައިވާ ކަމަށް މާލެ ސިޓީގޭ މޭޔަރު އާދަމް އާޒަމް ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ޑޮލަރުގެ އަގު އެންމެ ބޮޑަށް އުފުލުނީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑުގެ ހާލަތުގަ އެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އެ ދުވަސްވަރު ވެސް ޑޮލަރުގެ އަގު 20ރ. ނާރަ އެވެ. ނަމަވެސް، މިހާރު ޑޮލަރެއްގެ އަގު ހުރީ 20.20ރ. އަށެވެ.
އެކަމުގެ ކަންބޮޑުން ފާޅުކުރައްވައި ރާއްޖޭގެ ވެރިކަން ކުރާ ސިޓީގެ މޭޔަރު އެކްސްގައި ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވުމުގެ ތަކުލީފު ވިޔަފާރިތަކުން އުފުލަން ޖެހުމުގެ އިތުރުން އާންމު ފަރުދުންގެ ފުދުންތެރިކަން އިންތިހާއަށް ދަށްވެފައިވާ ކަމަށެވެ.