ސިޔާސީ ނުފޫޒުގައި ނުޖެހި ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައިފި

އަދަދު

18 ޖުލައި 2025 | ހުކުރު | 11:05

ޑޮލަރު ތާށިކަން އިންތިހާއަށް ބޮޑުވެ، އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރެއް ގަންނަން ލިބޭ އަގު 20ރ. އިން މައްޗަށް އަރާފައިވާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ސިޔާސީ ނުފޫޒުގައި ނުޖެހި ޒިންމާތައް އަދާކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުالله ޝާހިދު ގޮވާލައްވައިފި އެވެ.

މީގެ ކުރިން ޑޮލަރުގެ އަގު އެންމެ ބޮޑަށް އުފުލުނީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑުގެ ހާލަތުގަ އެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އެ ދުވަސްވަރު ވެސް ޑޮލަރުގެ އަގު 20ރ. ނާރަ އެވެ. ނަމަވެސް، މިހާރު ޑޮލަރެއްގެ އަގު ހުރީ 20.20ރ. އަށެވެ.

"ޑޮލަރުގެ އަގު ދިވެހި ތާރީހުގައި ވެސް އުފުލިގެން ނުދާ މިންވަރަށް އުފުލި, ރައްޔިތުންގެ އަތްމަތި ދަތިވެ, ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިނދަ ޖެހި, ގައުމު މިދަނީ އގުތިސޯދީ އަނދަވަޅަކަށް ވެއްޓެމުން. ގައުމު މިދަނީ ބަގުރޫޓު ވަމުން،" އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ޝާހިދު އެކްސްގައި ވިދާޅުވި އެވެ.

މައުޟޫޢުތަށް