ދަތުރުކުރި ޑިންގީ ބަންޑުންޖަހާލުމުން ކަނޑުވެފައި ތިބި ދެ މީހުން ސަލާމަތްކޮށްފި

އަދަދު

18 ޖުލައި 2025 | ހުކުރު | 1:19

ގދ. މަޑަވެލި ކައިރި ބޭރުން ދަތުރުކުރަނިކޮށް އޮޔާދިޔަ ޑިންގީއެއް ބަންޑުން ޖަހާލުމުން، އޭގައި ތިބި ދެ މީހުން ކަނޑުވެފައި ތިއްބައި ސަލާމަތް ކޮށްފި އެވެ.

އެ ދެމީހުން ސަލާމަތް ކޮށްފައި ވަނީ ބަންޑުން ޖަހާލި ޑިންގީ މަތީގައި ތިއްބަ އެވެ. އެ ދެ މީހުން ވެސް ތިބީ ސަލާމަތުން ހެޔޮ ހާލުގައި ކަމަށް ފުލުހުން ބުންޏެވެ.

"އޮޔާދާކަމަށް ރިޕޯޓު ކުރެވުނު ޑީންގީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް މިއަދު 11:04 އެހައިކަންހާއިރު ފުލުހުންގެ ސާޗް ޓީމަށް ވަނީ ފެނިފައި. އެ ޑިންގީގައި ދަތުރުކުރި ދެ މީހުން، ޑިންގީ މަތީގައި ސަލާމަތުން ތިބި. އެ ދެ މީހުންގެ ހާލު ރަނގަޅު. އެއީ 40 އަހަރާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުން." ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް