އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
އަދަދު
18 ޖުލައި 2025 | ހުކުރު | 9:16
އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް އެ އިދާރާއަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އެފަދަ މަގާމުތަކުގެ ތެރޭގައި އާއިލީ މެންބަރުން، ޓީޗަރުން އަދި އެހެނިހެން ބެލެނިވެރި މަގާމުތައް ހިމެނެ އެވެ.
އެ މައްސަލައިގެ ރިޕޯޓު ކޮށްފައި ވަނީ ގއ، ގދ، ޏ، ސ ގެ ތެރެއިން އަތޮޅެއްގައި ހިމެނޭ ރަށަކުން ކަމަށް ފުލުހުން ބުންޏެވެ.