އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގެންފި
އަދަދު
19 ޖުލައި 2025 | ހޮނިހިރު | 12:08
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެނބުރި ރާއްޖެއަށް ވަޑައިގެންފި އެވެ.
ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވުމުގެ އިތުރުން އެ ގައުމާ ދެމެދު އޮތް ވިޔަފާރި ގުޅުންތައް ބަދަހި ކުރެއްވުމަށް ބޭއްވި މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް އިނގިރޭސިވިލާތުގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއި ތައުލީމާއި ސްކޮލާޝިޕްގެ ފުރުސަތުތަކާއި ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން އަދި އަދުލުއިންސާފުގެ ނިޒާމީ އިސްލާހުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.