ތިނަދޫ ސިޓީގެ ސިނާއީ ބިންތަކުން ކުލީގެ ގޮތުގައި ލިބެންޖެހޭ 29.9 މިލިއަން ރުފިޔާ ނުލިބި
އަދަދު
19 ޖުލައި 2025 | ހޮނިހިރު | 3:25
ތިނަދޫ ސިޓީގައި ސިނާއީ އެކި މަސައްކަތް ކުރަން ދޫކޮށްފައިވާ ބިންތަކަށް މިދިޔަ މަހުގެ ނިޔަލަށް 29.95 މިލިއަން ރުފިޔާ ނުދައްކާ އެބަ ހުރި ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
ތިނަދޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބިންތަކަށް ކުލި ނުދައްކާ އެންމެންގެ ތަފްސީލާއި ކުލި ނުދައްކާ އަދަދު ވަނީ ހާމަކޮށްފަ އެވެ. ކުލި ނުދައްކާ އެންމެން ތަފުސީލު ކޮންމެ މަހަކު ވެސް ހާމަ ކުރަން އެ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
އެ ކައުންސިލުން ބުނީ ކޮންމެ މަހެއްގެ އެއްވަނަ ދުވަހު ބިންތައް ކުއްޔަށް ހިފާފައިވާ އެންމެންނަށް އެ އިދާރާގެ އެސްއެމްއެސް ސިސްޓަމް މެދުވެރިކޮށް މެސެޖު ފޮނުވައި، ފައިސާ ނުދައްކާ މީހުންނަށް ސިޓީ ވެސް ފޮނުވާ ކަމަށެވެ.