ރުފިޔާއިން މުސާރަ ދޭން އުޅޭތީ ޓީއެމްއޭގެ ޕައިލެޓުންނާއި މުވައްޒަފުން އިހުތިޖާޖުކުރަން ނިންމައިފި

އަދަދު

19 ޖުލައި 2025 | ހޮނިހިރު | 6:27

ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅި ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސިޔާސަތާ ގުޅިގެން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ޑޮލަރުގެ ތާށިކަން ބޮޑުވެ، މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން ނިންމުމާ ގުޅިގެން، ޕައިލެޓުން ހިމެނޭހެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހުތިޖާޖު ކުރަން ނިންމައިފި އެވެ.

ސަރުކާރުން ތަންފީޒުކުރަން ފެށި ޑޮލަރުގެ ސިޔާސަތާ ގުޅިގެން 20 ޕަސެންޓު ޑޮލަރު މާރުކުރަން މަޖުބޫރުވާތީ، ޓީއެމްއޭއިން އެމްއޭސީއެލްއަށް ދައްކާ ބިމު ކުއްޔާއި ތެލުގެ އަގު ރުފިޔާއިން ގަބޫލު ކުރަން އެދުނު ކަމަށް، އެ މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.

ނަމަވެސް ސަރުކާރުން އެ ހުށަހެޅުން ބަލައިނުގަތެވެ. އެކަމުގެ ނަތީޖާއަކީ މުވައްޒަފުންނަށް ރުފިޔާއިން މުސާރަ ދޭން މަޖުބޫރުވުން ކަމަށް ނަން ނުޖެހުމަށް ޝަރުތުކޮށް ޓީއެމްއޭގެ ސީނިއާ އޮފިޝަލަކު ބުންޏެވެ.

މައުޟޫޢުތަށް