ބިންވެރިޔާ ސްކީމުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯތި ލިބިފައި އޮތަސް ފްލެޓް ދޫކުރަން އަލުން ނިންމައިފި
އަދަދު
19 ޖުލައި 2025 | ހޮނިހިރު | 9:53
ބިންވެރިޔާ ސްކީމުގެ ސްކީމުގެ ދަށުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް ލިބިފައިވާ ނަމަ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ދޫކުރެވޭނީ އެ ގޯއްޗެއް ދޫކޮށްލަން އެއްބަސްވުމުން ކަމަށް ކަނޑައެޅުމަށް އެ ނިންމުން ސަރުކާރުން އަނެއްކާ މިރޭ ބަދަލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނީ، އެ މިނިސްޓްރީގެ ނިންމުން ބަދަލު ކުރީ ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާ ސަރުކާރަށް ލިބުމުން ކަމަށެވެ. އަދި ބިންވެރިޔާ ސްކީމުގެ ދަށުން ލިބިފައިވާ ބައެއް ގޯތިތައް ބިނާ ކުރަން ވަގުތު ނަގާނެތީ އެކަމަށް ވެސް ރިއާޔަތްކޮށްފައިވާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
"ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލެ ފޭސް ތިނެއް އަދި ގިރާވަރުފަޅު ހިއްކުމުގު މަސައްކަތް ކުރިއަށްދާތީ އާއި ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ވަގުތުނަގާނެތީ، ހަވާލާދީފައިވާ މި މިނިސްޓްރީގެ އިއުލާނުގެ ދެ ވަނަ ނަންބަރުގެ ށ. އަށް އަމަލުނުކުރުމަށް ނިންމާފައިވާ ކަމުގައި ދެންނެވިން،" މިނިސްޓްރީ އިން ބުންޏެވެ.