ބޮންޑެޑް ވެއާހައުސްގައި ކޮންޓެއިނަރު ބަހައްޓައިދޭ އަގު ދެ ގުނަ ބޮޑުކޮށްފި
އަދަދު
20 ޖުލައި 2025 | އާދިއްތަ | 11:22
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޮންޑެޑް ވެއާހައުސްތަކުގައި ކޮންޓެއިނަރު ބެހެއްޓުމަށް ނަގާ އަގުތައް އޮގަސްޓު 15، އިން ފެށިގެން ދެ ގުނަ ބޮޑުކުރަން ނިންމައި އެކަން ވިޔަފާރިވެރިންނަށް އަންގައިފި އެވެ.
މީގެ ކުރިން ބޮންޑެޑް ވެއާހައުސްގައި 20 ފޫޓުގެ ކޮންޓެއިނަރެއް އެއް މަސްދުވަހަށް ބެހެއްޓުމަށް ނަގަމުންދިޔައީ 442 ޑޮލަރެވެ. އަދި، 40 ފޫޓުގެ ކޮންޓެއިނަރެއް ބެހެއްޓުމަށް ނަގަމުންދިޔައީ 884 ޑޮލަރެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ޖުލައި، 2024، ގައި އެ އަދަދުތައް 550 ޑޮލަރަށް އަދި 1،100 ޑޮލަރަށް ބޮޑުކުރި އެވެ. އެކަމަކު އެ އަދަދުތައް މިހާރު ވަނީ ދެ ވަނަ ފަހަރަށް ބޮޑުކޮށްފަ އެވެ.