ސާޖިދާ އެދުނު ގޮތަށް އާންމުކޮށް މައާފަށް އެދެން އަމުރުކޮށް ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި
އަދަދު
20 ޖުލައި 2025 | އާދިއްތަ | 1:00
އެމްޑީޕީގެ އެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމައިރު މުހައްމަދު މުއިއްޒުގެ ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައިގައި އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަންގެ މައްޗަށް އާންމުކޮށް މައާފަށް އެދުމަށް އަމުރުކޮށް ނުދެވޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
މި މައްސަލައިގައި ސާޖިދާ ދައުވާ ކުރީ އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެ ޕާޓީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އަށެވެ. އެ މައްސަލައިގައި ސާޖިދާގެ ފަރާތުން ތިން ފަރުވާއެއް ހޯދަން އެދުނެވެ.
އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން އަދި ބައިނަލްއަގުވާމީ މުއާހަދާތަކުން އުމައިރު މުހައްމަދު މުއިއްޒުއަށް ކަށަވަރު ކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައިދިނުމަށާއި، އޭގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.