ގުރުއާން ކިޔަވައިގެން ސަރުކާރުގެ ވަޒީފާއިން ކަނޑާލީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލުން ނިންމައިފި
އަދަދު
20 ޖުލައި 2025 | އާދިއްތަ | 2:45
އިދިކޮޅު އެމްޑީޕީން ޖުލައި 4، ގައި ބޭއްވި ހަރުގެ ޖަލްސާއެއްގައި ގުރުއާން ކިޔެވި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފަކު ވަޒީފާއިން ކަނޑާލީ ގޯސްކޮށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މިއަދު ނިންމައިފި އެވެ.
ޓްރައިބިއުނަލުގެ ނިންމުމުގައި ބުނީ މައްސަލަ ހުށަހެޅި ދ. ކުޑަހުވަދޫ، އަހްމަދު ޝާއިނު އެޗްޑީސީގެ ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަން ޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާތީ، އޭނާ ވަޒީފާއިން ވަކިކުރި ކުރުމަކީ ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރި ކުރުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
ނަމަވެސް އަހްމަދު ޝާއިނު ވަޒިފާއިން ވަކިކުރީ ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މެދުވެރިވެ، އެކަށީގެންވާ ސަބަބެއް އޮވެގެންކަމުގައި ކަނޑައަޅައި، ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަން ޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމުވެފައިވާ ކަމަށް ޓްރައިބިއުނަލްއިން ވަނީ ކަނޑައަޅާފަ އެވެ.