ނަޒާހަތްތެރިކަން ނެތިގެން ކުރިން ވަކި ކުރި ހަމީދުއާ އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފި
އަދަދު
21 ޖުލައި 2025 | ހޯމަ | 9:08
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރެއްވުމުން، އުއްތަމަ ފަނޑިޔާރުގެ މަގާމުގެ މަސްއޫލިއްޔަތުތައް ފަނޑިޔާރު އަބްދުﷲ ހަމީދާ ހަވާލުކޮށްފި އެވެ.
ހަމީދަކީ، އާންމުކޮށް ހުޅުވައިނުލާ ސަރުކާރުން ބައެއް ފަނޑިޔާރުންނަށް ދިން ފްލެޓު ގަބޫލު ކުރުމުން ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނަވަނިކޮށް ވަކި ކުރި ބޭފުޅެކެވެ. އޭނާ މަގާމުން ވަކި ކުރީ ޖޫން 6، 2022، ގަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފަނޑިޔާރުންނަށް ފްލެޓު ދޭން ނިންމީ، ސަރުކާރުން ބޭނުންވާ ގޮތަކަށް ކޯޓުން ކަންކަން ނިންމައިދޭތީ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުލުހުންނަށް ދިން ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.