ގަވަރުނަރު ހޯދަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް އެމްއެމްއޭއަށް
އަދަދު
21 ޖުލައި 2025 | ހޯމަ | 11:46
ޑޮލަރުގެ އަގު އުފުލެމުންދިޔުމާއި ރިޒާވު ބޭނުންކޮށްގެން ފުށިދިއްގަރު ފަޅު ހިއްކަން ފައިސާ ދައްކަން ނިންމާފައިވާތީ ގަވަރުނަރު އަހްމަދު މުނައްވަރުއާ ބައްދަލުކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ގޮސްފި އެވެ.
އެމްޑީޕީ ޕީޖީގައި ހިމެނޭ 12 މެންބަރުން ވެސް ތިބީ މިވަގުތު އެމްއެމްއޭ ރިސެޕްޝަނުގަ އެވެ. މިހާތަނަށް ގަވަރުނަރު އެ މެންބަރުންނާ ބައްދަލުކޮށްފައި ނުވެ އެވެ.
"ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެމުންދާއިރު އެކަމުގައި އެއްވެސް ބަހެއް ވިދާޅު ނުވެ ހުންނެވުމާއި ދައުލަތުގެ ރިޒާވު ބޭނުންކޮށްގެން ރަސްމާލެ ހިއްކަން ފައިސާ ދައްކާތީ އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރަން އެދުނު ސިޓީއަށް ޖަވާބެއް ދީފައި ނުވާތީ އެމްޑީޕީގެ ޕީޖީ މިވަގުތު ތިބީ ގަވަރުނަރު ހޯދަން މަރުކަޒީ ބޭންކުގައި،" އެ ޕާޓީގެ ރަސްމީ އެކްސް އެކައުންޓުން ބުނެފައި ވެ އެވެ.