މޯދީގެ ދަތުރާ ދިމާކޮށް އިންޑިއާއިން އެޅި ފްލެޓުތަކަށް މީހުން ވައްދަން އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި
އަދަދު
21 ޖުލައި 2025 | ހޯމަ | 3:39
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުކުރު ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރާ ދިމާކޮށް އިންޑިއާއިން އެޅި ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ މީހުންނާއެކު ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރަން މިއަދު ފަށައިފި އެވެ.
އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް އަދަދު އަށް ވިދާޅުވީ މިނިސްޓްރީން އެފްޑީސީއާ ހިއްސާކުރަމުންދާ ލިސްޓާ އެއްގޮތަށް ފްލެޓް ލިބުނު މީހުންނާއެކު މިއަދުން ފެށިގެން އެއްބަސްވުމުގައި ސޮއިކޮށް، މި މަސް ނިމެންވާއިރަށް އެއްބަސްވުންތަކުގައި ސޮއިކޮށް ނިމޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށް އެބަދޭ. ލިސްޓް އެކުލަވާލަނީ މިނިސްޓްރީން. އެކޮޅުން ފޮނުވަމުންދާ ވަރަކަށް އަޅުގަނޑުމެން ސޮއިކުރަމުންދާނީ. ޓަވާ ބައި ޓަވާ ފޮނުވަމުން އެދަނީ. އުންމީދު މިކުރަނީ މި މަސް ނިމެންވާއިރަށް އެއްބަސްވުންތަކުގައި ސޮއިކޮށް ނިމޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.