12 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި
އަދަދު
21 ޖުލައި 2025 | ހޯމަ | 5:41
އިތުބާރު ހިފޭ މަގާމެއްގައި ހުރެ 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހާ މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ.